ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި ހިފެހެއްޓި ފައިސާތަކެއްގެ ތެރެއިން 30،000 ޑޮލަރު ގެއްލުނު މައްސަލައަށް ދެ މަސްވީއިރު ވެސް އެ މައްސަލައިގައި ތަފުސީލު ހާމަކުރަން ފުލުހުން ދެކޮޅު ހަދައިފި އެވެ.
ސެޕްޓެމްބަރު 15، 2019، ގައި ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިފެހެއްޓި އެ ފައިސާގައި ފަރަގެއް އުޅޭކަން އެނގުނީ ކްރިމިނަލް ކޯޓުން އެ ފައިސާ ވެރި މީހާއާ ހަވާލުކުރަން އެންގުމުންނެވެ.
އެކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގައި ހޯދުނު ކުރިއެރުންތައް ހޯދަން އަދަދު އިން ސުވާލުކުރުމުން ފުލުހުންގެ ހިދުމަތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އޮގަސްޓް 14، ގައި ފުލުހުން ބުނީ އެ މައްސަލައިގައި ނަގާފައިހުރި ފައިސާ އަނބުރާ ހަވާލުކުރަން ބެލިއިރު، ފައިސާގެ އަދަދު ދިމާނުވުމުން އެކަން ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ބަލަމުންދާ ކަމަށެވެ.
ފުލުހުންނަށް ހުށަހަޅާ ކުދި އަދި ބޮޑެތި މައްސަލަތައް ވެސް ނުބެލި ދިގުލައިގެންދާތީ އެކަމަށް އާންމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެ އަނދައި އަޅިއަށްވީ ހާދިސާގެ އިތުރުން މަރުގެ މައްސަލަތައް ވެސް ހިމެނެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ގެއްލުނު މައްސަލައިގައި އެއްޗެއް ނުބުނި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ގެއްލުނު މައްސަލައިގައި އެއްޗެއް ނުބުނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ