އެކަނިވެރިމައިންގެ އެލަަވަންސް 3،000 ރުފިޔާއަށް ބޮޑުކުރަނީ

އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ހައްދުންމަތީ ގަމު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ. އެ ގޮތުން އަންނަ އަހަރުން ފެށިގެން  އެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެކަނިވެރިމައިންނަށް ދައުލަތުން މިހާތަނަށް ދެމުން އައީ 2000 ރުފިޔާ އެވެ.
"އެކަނިވެރިމައިންގެ އެލަވަންސް މިހާރު ދޭ އަދަދަށްވުރެ ބޮޑުކޮށްދީ ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށްދޭނެކަމަށް އަޅުގަނޑު ވައުދުވެފައި އޮންނާނެ. އެ ވައުދު ފުއްދުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިގޮތަށް މި ފައިސާ ލިބެންޖެހޭ 5,878 ފަރާތެއް އެބަތިބި ކަމަށެވެ.
އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ