ޝާމިލު 2025 ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ ޝާމިލު 2025 ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ އުފެއްދުންތަކާއި ހުނަރު ދައްކާލަން ބާއްވަ "ޝާމިލު 2025" ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ.
އެ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
ނެޝަނަލް އާޓް ގެލަރީގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ ހަރަކާތް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
ހަރަކާތުގެ ދަށުން އާޓް ގެލަރީއަށް މާދަމާގެ ނިޔަލަށް ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް އަދި ރެގަނޑު 8:00 އިން 10:00 ޖަހަންދެން ޒިޔާރަތްކުރެވެ އެވެ.
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންގެ ނާދީގެ މެންބަރުން ބާއްވާ އެ ހަރަކާތުގައި ދައްކާލާ ތަކެތި ބަލާލުމަށް ގިނަ ބަޔަކު އާޓް ގެލަރީއަށް ދަނީ ޒިޔާރަތްކުރަމުންނެވެ.
އުރީދޫއިން އަންނަނީ މުޖުތަމައުތައް ބަރުވެރި ކުރުވުމަށް ހިންގާ އެކި ހަރަކާތްތަކަސް އަބަދުވެސް އެހީތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ