ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ޚާއްސަކޮށްގެން ހަދާފައިވާ އަމާން ހިޔާތަކަށް ދިރާގުން އެހީ ފޯރުކޮށްދޭން ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނީ އަމާން ހިޔާތަކަށް އިންޓަނެޓް ޚިދުމަތް ދެމުން އަންނަނީ ދިރާގުން ކަމަށާއި، މި ފެށޭ 2025 ވަނަ އަހަރު ދިރާގުން އެ ޚިދުމަތް ދިނުމަށް ނިންމާފައި ވަނީ ސީއެސްއާރުގެ ދަށުން ހިލޭ ކަމަށެވެ.
އެގޮތުން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން، ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ނ.މަނަދޫ، ލ. ފޮނަދޫ، ޅ. ނައިފަރު، ފުވައްމުލަށް ސިޓީ، ކުޅުދުއްފުށީ ސިޓީ އަދި އައްޑޫ ސިޓީގެ އަމާންހިޔާތަކާއި އަމާންވެށިތަކަށް ހައި ސްޕީޑް އިންޓަރނެޓު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މީގެ މަގްސަދަކީ މުޅި ރާއްޖޭގެ ޑިޖިޓަލް ލިޓްރޭސީ ކުރިއަރުވާ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތައުލީމީ ބޭނުންތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ދިރާގުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމައި، މިކަމާއި ގުޅޭ މަޝްވަރާ ކުރުމާއެކު، ދިރާގާއި އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ގުޅިގެން ހަރަކާތްތައް ހިންގުމަށް މަޝްވަރާކުރުމަށް ދިރާގުގެ އިސް ވެރިން ވަނީ ވަޒީރު ޑރ އައިޝަތު ޝިހާމް އާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފަ އެވެ.
ދިރާގުން އަމާން ހިޔާތަކަށް އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ