މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

މުހިންމު މަސައްކަތްތަކެއް ކުރަމުންދާތީ މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ. ސްޓެލްކޯއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތާ ގުޅިގެން މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ކަރަންޓު ކެނޑިދާނެ ސަރަހައްދުތަކުގެ ތެރޭގައި މާފަންނު، މައްޗަންގޯޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ. މި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:30 އާ ދެމެދުގެ ވަގުތުތަކުގައެވެ. ސްޓެލްކޯއިން އިތުރަށް ބުނީ، ކަރަންޓުގެ ޚިދުމަތް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދޭ ކަމަށެވެ. އަދި މި މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ