ހަމައެކަނި މި 5 ކަމުގައި ހިފެހެއްޓި ނަމަވެސް އެމީހަކު ހުންނާނީ ކާމިޔާބު ލިބިގެންނެވެ! އިން ޝާ ﷲ

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ- 
1- ދުވަސް ފަށްޓަވަނީ ފަތިސްނަމާދުގެ ޖަމާޢަތުންނެވެ.
2- ކޮންމެ ކަމެއް ކުރެއްވެވުމުގެ ކުރިން އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއްކަން ޔަޤީންކުރައްވަވައެވެ. އަދި ކޮންމެ ކަމެއްވެސް ފަށްޓަވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތާއި ބަރަކާތަށް އެދިވަޑައިގަންނަވަމުންނެވެ.
3- އިތުރު އެކަލޭގެފާނާއިމެދު އެންމެ ނުބައިކޮށް ކަންކަން ކުރާ މީހުންނަށްވެސް ދީލަތިކަމާއިއެކު މާފުކުރެއްވެވިއެވެ.
4- ފަރިއްކުޅުއްވަވައި އުޅުއްވެވީ ކިރިޔާ ފުދޭނެ މިންވަރަށެވެ.
5- އަބަދުވެސް ހުންނެވީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރި ވެވަޑައިގަތުންމަތީގަ އެވެ. ކުރިމަތިކުރެއްވެވި އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް ޝަކުވާއެއް ނުކުރައްވަވައެވެ.  
މީސްތަކުންނޭވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ކޮންމެ ކަމަކީ ސުންނަތެކެވެ. އަހުރެމެންނަށް އޮތީ އިތުރު އެކަލޭގެފާނުގެ ސުންނަތުގައި ހިފެހެއްޓުމެވެ. އަހުރެން މިބުނެލީ ޢާންމު ދިރިއުޅުމުގައި އަހުރެމެން ވަރަށް ބޮޑަށް ފޭލްވަމުން އަންނަ ބައެއް ކަމުގެ ވާހަކައެވެ. ހަމައެކަނި މިކަންކަމަށް ޢަމަލުކުރަން މަސައްކަތްކުރިނަމަވެސް އެމީހެއްގެ ދިރިއުޅުމަށް ވަރަށް ގިނަ ގޮތްގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އިން ޝާ ﷲ 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ