ކޮޅުބަދަލުކުރައްވައި ރަނިންމޭޓް ދެއްކެވި ވާހަކަތަކަށް އުމަރު ނަސީރު މައާފަށް އެދިއްޖެ

ރިޔާސީ
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރުގެ ރަނިންމޭޓް
މާޒް ސަލީމް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވައި ކުއްލިގޮތަކަށް
އެމްޑީޕީގެ ޕޯޑިއަމަކަށް އަރުއްވައި ދެއްކެވި ވާހަކަތަކާމެދު ހިތާމަކޮށް އެވާހަކަތަކާމެދު
ދިވެހި ރައްޔިތުންގެ ކިބައިން މައާފް އެދިވަޑައިގަންނަވާކަމަށް އުމަރު ނަސީރު
ވިދާޅުވެއްޖެއެވެ.
އުމަރު
ނަސީރު ވިދާޅުވީ މާޒްސަލީމަށް އެވީ ގޮތަކާމެދު ވަރަށް ހައިރާންވެވަޑައިގަންނަވާ
ކަމަށެވެ.
"
ޚާއްސަގޮތެއްގައި އަޅުގަނޑު ހައިރާންވީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް
ދޭހަވާގޮތަށް ވާހަކަ ދެއްކެވީތީވެ. ޚުދު ސަލީމަކީ އަޅުގަނޑާއެކު މަގުމަތީގައި
ޕިކަޕްތަކަށް އަރައިގެން އަޑުގަދަކުރާއިން އިންޑިއާ ސިފައިން ބާލަން ގޮވަމުންދިޔަ
މީހެއް. މިއަދު އެހެން ޕޯޑިއަމަކަށްއަރާ އެހެންގޮތަކަށް ވާހަކަދެއްކީމާ އަޅުގަނޑު
މުޅިން ހައިރާންވެއްޖެ. ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން އެއީ
އަޅުގަނޑުމެން އެންމެން ދަންނަކަމެއް. އެއި ހަގީގަތެއް. އެމީހުން ބާލަންޖެހޭނެ
ދިވެހިރާއްޖެއިން" އުމަރު ވިދާޅުވީ ދިވެހިރާއްޖޭގައި އިންޑިއާސިފައިން
ތިބުމަކީ ދިވެހިގައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށާއި އެކަމުގައި
ދިވެހި ގައުމުން އެމީހުން ބާލަން ރައްޔިތުން މަސައްކަތްކުރަންޖެހޭނެކަމެއްކަމަށެވެ.
Advertisement
"
އަޅުގަނޑާއެކު މަސައްކަތްކުރި މީހަކު ކޮޅުބަދަލުކުރުމަކީ އަޅުގަނޑު
ޒިންމާވާންޖެހޭނެކަމެއްނޫން. މިކަން މިހެން ދިމާވީތީ އަޅުގަނޑު ވަރަށް
ހިތާމަކުރަން. ތިބޭފުޅުންގެ އަރިހުން މައާފަށްވެސް އެދެން" އުމަރު ވިދާޅުވީ
މާޒް ސަލީމް ކޮޅުބަދަލުކުރުމަކުން އިންޑިއާސިފައިން ބޭލުމަށް ކުރާ މަސައްކަތުގައި އޭނާގެ
އަޒުމަކަށް ބަދަލެއް ނާންނާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ