މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
އެގޮތުން މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
އެ ސަރަހައްދަށް ޔެލޯ އެލާތް ނެރެފައިވަނީ މެންދުރު 12:00 އިން ހަވީރު 04:00 އަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ބޮޑޫ ބަޔަކަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ. އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން ފެށިގެން އިރުއޮށްސި 06:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަސް ލަފާކުރެވޭ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ