މިއަދު މާލެ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން، ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް “އެމްޕެރަރ އެކްސްޕްލޯރަރ” ސަފާރީގައި ވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ ސަފާރީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއީ މިއަދު މާލެ ސަރަހައްދުގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. މިއަދު މެންދުރު ވަނީ ގުޅީފަޅު ނެރު ކައިރީ އޮތް “އޮގްޒޮން ކެރިއަރ 2” ދޯނީގައި ވެސް އަލިފާން ރޯވެފައެވެ. އެ ހާދިސާގައި ދޯނީގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ސަފާރީގައި ރޯވި ހާދިސާގައި މީހަކަށް އަނިޔާއެއް ވިކަމެއް ނުވަތަ ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. ފަޔަރފައިޓަރުން ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.
ފަސް މީހުން ތިބި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ފީއަލީ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ފުލުހުންގެ މަތީ ފަންތީގެ ވަފުދެއް އެ ރަށަށް ސޮނެވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް، ބޮޑު ސަރަހައްދެއްގައި ވަނީ ރޯވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ