ހާއްސަ މަޖިލީހުގެ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ރާމިޒު އަވަހާރާވެއްޖެ

ގާނޫނުއަސާސީ ހެދުމަށް އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރާމިޒު މިއަދު އަވަހާރަވެއްޖެ އެވެ. 
ވީ ކިހިނެއް؟ - ރާމިޒުގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. މައްޔިތާއަށް ޒިޔާރާތްކުރުން އޮންނާނީ މިއަދު މެންދުރު 11 އިން ފެށިގެންނެވެ. 
ތަފްސީލް - ރާމިޒު މިއަދު އަވާހާރާވީއިރު އުމުރުފުޅަކީ 74 އަހަރެވެ. ހާއްސަ މަޖިލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިގިލީ ދާއިރާގެ މެންބަރުކަން ކުރެއްވި ރާމިޒަކީ، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނައިބު ރައީސްކަން ވެސް ރާމިޒު ކުރެއްވާފައިވެ އެވެ.
ރާމިޒު އަވަހާރާވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވެސް މިއަދު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ