އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު ލޭގެ ސާމްޕަލްތައް އުފުލުމަށް ބޭނުންކުރާ "ޕޮއިންޓް-ޓު-ޕޮއިންޓް" ނިޒާމެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭ އިޢުލާން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ވަނީ އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި މަސައްކަތަކީ އައިޖީއެމްއެޗްގެ އެދުމުގެ މަތިން، ރާއްޖޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލްގެ ދެމެދުގައި ލެބޯޓްރީ ސާމްޕަލްތައް އަވަސްކަމާއެކު އުފުލޭނެ އޮޓޮމޭޓެޑް ނިޒާމެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން ސާމްޕަލްތައް އުފުލުމުގައި މިހާރު ހޭދަވާ ވަގުތު ކުޑަވެ، ލެބޯޓްރީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.
އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ލޭގެ ސާމްޕަލް އުފުލާ ނިޒާމެއް ގާއިމުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ