އޭޓީއެމްއަކަށް ދޫވި ކާޑެއް ނަގައި ވިޔަފާރި ކުރި މީހަކު ހޯދަނީ

އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރި ކުރި ކަމުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ވަނީ، އެމީހާ ވޮލެޓުން ކާޑު ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މީސްމީޑިޔާގައި އާންމުކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ނަގާފައިވަނީ، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ހުންނަ އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެކެވެ.
މި ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި ފުލުހުން ވަނީ، މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ