ދިފާއީ ގުޅުންތައް ބަދަހިކުރަން އިންޑިއާއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދުގެ އަރިހަށް ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބާލަސުބްރަމާނިއަން ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ދިފާއީ ގޮތުން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ވަނީ ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާއާއެކު ދިފާއީ ގުޅުން ބަދަހި ކުރަން މަޝްވަރާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ