ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 6) - އިރާގުގެ ފުޓްބޯޅަ ޓީމުގެ ތަރި، އައިމަން ހުސެއިން، ފީފާ ވޯލްޑް ކަޕްގައި ކުޅުމަށްޓަކައި، އެމެރިކާ އަށް ދިއުމާ އެކު، އެއާޕޯޓުގައި ހަތް ގަޑިއިރު މަޑުކުރުވައި، ތަހުގީގެއް ކުރިއަށްގެންގޮސްފި އެވެ.
އިރާގުން 40 އަހަރު ތެރޭ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ހޯދަން މާޗް މަހު ކުޅުނު ޕްލޭއޮފްގައި ބޮލީވިއާ އަތުން މޮޅުވިއިރު، އެ މެޗުގައި އިރާގަށް ލަނޑު ޖަހައިދިން އެއް ކުޅުންތެރިއަކީ އުމުރުން 30 އަަހަރުގެ އައިމަން އެވެ. އެ މެޗުން އިރާގު މޮޅުކޮށްދިން ލަނޑު ޖެހި އައިމަން އަށް ވޯލްޑް ކަޕްގައި ކުޅެން އެމެރިކާ އަށް އައުމަށް ފަހު އެންމެ ފުރަތަމަ ތަޖުރިބާ ކުރަން ޖެހުނީ އުނދަގޫ ހާލަތެކެވެ.
އެ ގޮތުން، އިރާގު ޓީމާ އެކު، އައިމަން، އެމެރިކާ އަށް އައުމާ އެކު، ޝިކާގޯ އެެއާޕޯޓުގައި އޭނާ ވަނީ ހަތް ގަޑިއިރު ޑިޓެންޝަނުގައި ބަހައްޓައި ގިނަ ސުވާލުތަކެއް ކުރިމަތިކުރުވައިފަ އެެވެ. އެ ގޮތުން، އައިމަންއާ ސުވާލުކޮށްފައިވަނީ، އޭނާގެ އާއިލާ އަކީ އެކި ކަހަލަ މައްސަލަތަކަކާ ގުޅުން އޮތް ފަރާތްތަކެއް ކަމަށް ބުނެ އެވެ.
އައިމަންގެ ބައްޕަ، 2008 ވަނަ އަހަރު މަރުވެފައިވަނީ، އިރާގުގެ ސިފައިންނާއި އަލް ގައިދާ އަށް މަަސައްކަތްކޮށްފައި ކަމަށް އެމެރިކާގެ މައުލޫމާތުތަކުން ފެނިފައިވާތީވެ، އެ ކަންކަމާ ގުޅޭގޮތުން، އައިމަންއާ ވަނީ ސުވާލުކޮށްފަ އެވެ. އަދި، އާއިލާ މެމްބަރުންގެ ތެެރެއިން މިހާރު ގުޅުން އޮންނަ ފަރާތްތަކާ ބެހޭގޮތުން ސުވާލުކުރުމާއި، އޭނާގެ ބޭބެ، ކިޑްނޭޕް ކުރުމުގެ ކަމަކަށް ފަހު، ގެއްލިގެން ހަބަރެއްވެފައިނުވާތީ އާއި މި ހުރިހާ ކަމަކާ އޭނާއާ ގުޅުން ހުރި މިންވަރު ވަނީ ދެނެގަނެފަ އެވެ.
އެމެރިކާގެ ބޯޑަރު ބަލަހައްޓާ އޮފިޝަލުންގެ ޑިޓެންޝަން އޮފީހުގައި ހަތް ގަޑިއިރު މަޑުކުރުމަށް ފަހު، އައިމަން ވަނީ ޓީމުގެ ކޭމްޕާ ގުޅިފަ އެވެ.
އަންނަ ބުރާސްފަތި ދުވަހު، އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ޖާގަ އިރާގުން ޔަގީންކުރިއިރު، މިއީ، 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕުން އިރާގަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.
އިރާގުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހު 16 ވަނަ ދުވަހު ބައްދަލުކުރާނީ، 1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ވޯލްޑް ކަޕްގައި ކުޅޭ ނޯވޭއާ އެވެ. ދެ ވަނަ މެޗުގައި، މި މަހު 22 ވަނަ ދުވަހު ބައްދަލުކުރާނީ ދެ ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސްއާ އެެވެ. އަދި، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މި މަހު 26 ވަނަ ދުވަހު ކުޅޭނީ އެފްރިކާގެ ގަދަބާރު، ސެނެގާލްއާ އެވެ.
އިރާގު ކުޅުންތެރިއަކު އެމެރިކާ އެއާޕޯޓުގައި 7 ގަޑިއިރު މަޑުކުރުވައިފި: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ