އެޗްޑީސީގެ ބޯޑު މެމްބަރު ޔޫސުފް ވަހީދު މަގާމުން ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގައި އިންނަވާ ޔޫސުފް ވަހީދު، މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިހާރު ވަނީ ރަސްމީކޮށް ޔަގީންކޮށްދީފައެވެ.
އެ ބޯޑުން ހާމަކޮށްފައިވާ ގޮތުގައި، ޔޫސުފް ވަހީދު މަގާމުން ދުރުކުރުމަށް ނިންމި ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.
ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޗްޑީސީގެ ބޯޑަށް އައްޔަނުކުރެއްވި ޔޫސުފް ވަނީ މީގެކުރިން ވެސް ސަސްޕެންޑް ކޮށްފައެވެ.
2024 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ބޯޑާ ގުޅޭގޮތުން ބެލި މައްސަލައެއްގައި އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާ އެކު ބޯޑުގެ ހުރިހާ މެންބަރުން ވަގުތީގޮތުން ސަސްޕެންޑްކުރިއެވެ.
ނަމަވެސް، އޭގެ ހަތަރު ދުވަސް ފަހުން ޕީސީބީން ވަނީ އެ ފިޔަވަޅު ބާތިލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ