އަމާޒަކީ ހުށަހަޅާތާ ހަ މަސްތެރޭ މައްސަލަ ބަލާ ނިންމުން: އެންއައިސީ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ އަމާޒަކީ އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ހަ މަސްދުވަސްތެރޭ ނިންމުން ކަމުގައި އެކޮމިޝަނުން ހާމަކޮށްފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެންއައިސީގެ ނައިބު ރައީސާ ފާތިމަތު ޝަރީފް ވިދާޅުވީ، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ނުނިމި ގިނަދުވަސްވުމުގެ ސަބަބުން އެދެވޭ ނަތީޖާ ނެރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް މިހާރު ހުރި ބެކްލޮގް މައްސަލަތައް ނިންމުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން 2018 އިން ފެށިގެން 2022 އާ ހަމައަށް ހުރި ބެކްލޮގް މައްސަލަތައް މި މަހުގެ ކުރީކޮޅު ނިންމާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ފާތިމަތު ޝަރީފް ވިދާޅުވީ، މި މަސް ނިމޭއިރަށް 2023 ވަނަ އަހަރުގެ މައްސަލަތައް ނިންމާލެވޭނެ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން 2024 ވަނަ އަހަރުގެ މައްސަލަތައްވެސް ނިންމާލެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ