އިއްޔެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދު ކޮށްފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޝަމްއާނަށް އިއްޔެ ހުކުމް ކުރުމުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައި ވަނީ ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓް ހުއްދައިން އިހުސާން ނާޖާއިޒު ފައިދާ ހޯއްދަވަމުން ގެންދެވި ކަމަށާއި އެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ.
އަދި ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ބަޔަކަށް ދިނުމުގައި އިހުސާނާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެެއްވިއެވެ.
ޝަމްއާނަށް ރައްދު ދެއްވައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިހްސާން މިއަދު ވިދާޅުވީ ޝަމްއާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
އަދި ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ގަރީނާއެއް ނެތް އިރު، އޭނާ އެ ހަދަނީ ދޮގުކަން ކުރިން ވެސް މީޑިއާއި ދަންނަވާފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކަ އަކީ ވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު“ އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މި މައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށް ދިނުމަށް އަޅުގަނޑުވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށެވެ.
ޝަމްއާން ފްރޭމެއް ނުކުރަން، ކުރަނީ ދޮގު ތުހުމަތެއް: މިނިސްޓަރު އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ