ދިރާގުން ވަނީ "ބޮޑުމަސް ބޭނުން" ގެ ނަމުގައި ބޮޑު އީދުގެ މުނާސަބަތުގައި ހާއްސަ އިނާމުތަކާއި ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
ދިރާގުއެޕް މެދުވެރިކޮށް ކުޅެވޭ މި ގޭމުގައި
ބައިވެރިވެގެން، ފިޝިން ގިއާ ކިޓަކާއި ގޯޕްރޯ ހީރޯ11 އެއް ހޯދުމުގެ ފުރުސަތު މެއި 30، ގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.
މި
ގޭމުގައި ބައިވެރިވުމަށްޓަކައި، ދިރާގު އެޕްގައިވާ 'ބޮޑުމަސް' ބެނާއަށް
ފިއްތާލުމުން ކޮންމެ ދުވަހަކަށް ހާއްސަ ކާޑެއް ފެނިގެންދާނެ އެވެ. އެ ކާޑުތަކުގައި ފޮރުވިފައިވާ މަސްބޭނުމަށް ބޭނުންކުރާ ސާމާނު އަދި އެންމެ ފަހު
ދުވަހު ލިބޭ ބޮޑުމަސް ހޯދައިގެން ކޮންމެ ދުވަހަކު 2 ޖީބީ ޑޭޓާ މުޅިން ހިލޭ
ހޯދުމުގެ ފުރުސަތު އަދި ބޮޑު އިނާމު ހޯދުމުގެ ފުރުސަތު އިތުރުކޮށްދޭ ލަކީޑްރޯ
ޓިކެޓް ކޮންމެ ކަސްޓަމަރަކަށް ވެސް ލިބެ އެވެ.
ދިރާގުގެ އެސިސްޓަންޓް މެނޭޖާ، މާކޮމްސް އެންޑް ޕީއާރް، ޒީން
މުހައްމަދު ވިދާޅުވީ ދިވެހި ސަގާފަތުގެ މުއްސަނދި އާދަކާދަތަކުގެ
ތެރެއިން، އީދު ފާހަގަކުރުމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް
ކަމަށްވާ 'ބޮޑުމަސް ބޭނުން' ރަމްޒުކޮށްދޭ ގޮތަށް ތައާރަފްކުރި ޑިޖިޓަލް
އެންގޭޖްމެންޓްގެ މައިގަނޑު މަގުސަދަކީ، އީދުގެ ފޯރީގެ ތެރެއިން ކަސްޓަމަރުންނަށް
އިތުރު ފައިދާތައް ހޯދައިދީ އީދުގެ އުފަލުގައި އެންމެން ވެސް ބައިވެރިކުރުން ކަމަށެވެ.
"ބޮޑުމަސް ބޭނުން"ގެ އިތުރުން ދިރާގުން ވަނީ މެއި 24، އިން 31، އަށް ދިރާގު ޕްރީޕެއިޑް
ކަސްޓަމަރުންނަށް ހާއްސަ އީދު އޮފާތަކެއް ވެސް ތައާރަފުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޕްރިޕެއިޑް ކަސްޓަމަރުންނަށް 45ޖީބީ ޑޭޓާ، ދިރާގު ކޯލްތައް މުޅިން ހިލޭ އަދި އިތުރު ފައިދާތައް އެންމެ 650ރ. 28 ދުވަހުގެ މުއްދަތައް ލިބިގެންދާ އީދު ޑޭޓާ ކޮމްބޯ އާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަކި ހާއްސަ އެޑް-އޯންތަކާއެކު 25 ޕަސަންޓު އިތުރަށް ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާ އީދު ބޯނަސް ޑޭޓާ އެވެ.
ދިރާގުން
ދަނީ މި ފަދަ އެކި މުނާސަބަތުތަކާއި ގުޅުވައިގެން ތަފާތު ގިނަ ޕްރޮމޯޝަންތައް
ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ
ހަމައަށް ގެނެސްދެމުންނެވެ.
ދިރާގު އެޕް އިން ބޮޑުމަސް ބާނައިގެން ބޮޑު އީދަށް ހާއްސަ އިނާމުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ