އައްޑޫއިން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ހަރުދަނާ މަސައްކަތްތަކެއް ކުރެވެން ޖެހޭ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.
އައްޑޫ އިން ކުއްލި ކުއްލިއަށް ކަރަންޓު ކެނޑޭ މައްސަލައިގައި އަޒާން ވަނީ އެކަމްުގެ ކަނބިޑުވުން ހިއްސާކުރައްވާފައެވެ. އެގޮތުން ކަރަންޓް ކެނޑިފައިވާ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ފެނަކައިގެ އެމްޑީގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ. އެގޮތުން ފެނަކައިގެ އެމްޑީ ނަޖާހުއަށް ގުޅުއްވާ އޭރު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ގަޑިއެއްހާ އިރު ރަނގަޅު ކުރެވޭނެ ކަމަށް ވިދާޅުވި ކަމަށް ވެސް އަޒާން ހިއްސާކުރެއްވިއެވެ.
އައްޑޫއިން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ހަރުދަނާ މަސައްކަތްތަކެއް ކުރެވެން ޖެހޭ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން މި މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އަޒާން ވިދާޅުވިއެވެ.
މި މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓު ނެތި އަނެއްކާވެސް މިދަނީ މުސީބާތުގެ ހާލަތު ތަހައްމަލް ކުރަމުން ކަމަށެވެ. ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުން ދާ ކަމަށާއި އެކަމުގެ ސަބަބުން ވިޔަފާރިތަކާއި އަމިއްލަފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ލިބެމުންދާކަމަށް ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އާންމު ޚިދުމަތްތަކަށް ދަނީ ހުރަސް އެޅެމުން ކަމަށާއި އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ދެފަހަރަށް ހޯމަ ދުވަހުވެސް ކަރަންޓް ކަނޑާލާފައި ވާކަމަށެވެ. ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިޒް މާލެއިން 5 ގަޑި އިރަށް ކަރަންޓް ކެނޑުމަކީ ކާރިސާގެ ހާލަތުކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި ކަމަށެވެ. އެހެންނަމަވެސް އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެއްލެވުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރަށް ނިޒާރު ވިދާޅުވީ އެއީ އިންސާފުވެރި ގޮތެއްވެސްނޫން ކަމަށާއި އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތު ރަގަޅު ނުވެވި 2 އަހަރު ވާންކާރި ވެފައިވާއިރު މިމައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތްކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.
ރާއްޖޭގެ އާބާދީ ދެވަނައަށް އެންމެ ބޮޑު އައްޑޫން މިފަހުން ކަރަންޓު ކެނޑުނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 11:15 ހާއިރެވެ. އެކަމަކު ގަޑިއިރެއް ހާއިރު ފަހުން އަލުން ކަރަންޓު ދީފައިވެއެވެ. އަދި ދާދިފަހުން ދޭތެރެ ދޭތެރެއިން ވަނީ އަނެއްކާވެސްކަރަމްޓު ކެނޑެން ފަށާފައެވެ. އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާޗް މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށްފަހު ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާޗް މަހުގެ 31ވަނަ ދުވަހެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ