ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށް ހާއްސަ ގައުމީ ކެމްޕެއިނެއް ފަށައިފިއެވެ.
ފަސް އަހަރު ދުވަހަށް ކުރިއަށް ގެންދާ މި ކެމްޕެއިން ފައްޓަވައިދެއްވީ، ރައީސް އޮފީހުގައި މިއަދު ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައެވެ.
މި ކެމްޕެއިންގެ ތެރެއިން އެކި ދައިރާތަކުން ހޭލުންތެރިކަން އިތުރުކުރުމާއި، ތަފާތު އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
އޭގެ ތެރޭގައި ތައުލީމީ ދައިރާއިންނާއި ކުޅިވަރާއި ޒުވާނުންގެ ދައިރާގެ އިތުރުން ޖަމީއްޔާ ޖަމާއަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އެކި ހަރަކާތްތައް ހިންގުމާއި ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.
މި ކެމްޕެއިން ފެށުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް މިހާތަނަށްވެސް އަޅުއްވާފައިވާކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން ވަކި އުމުރަކަށް ވުރެ ހަގު ނަމަ ދުންފަތުގެ އިސްތިމާލު ކުރުން މަނާވުމާއި، ވޭޕް ބޭނުންކުރުން މަނާކުރުން ފަދަ މުހިންމު ފިޔަވަޅުތައް އެޅިފައިވާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދުންފަތާ ދެކޮޅު ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް ސަރުކާރާއި ރައްޔިތުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި ރައްޔިތުންގެ ބައިވެރިވުންވެސް ވަރަށް މުހިންމެވެ.
ދުންފަތާ ދެކޮޅަށް ހާއްސަ ގައުމީ ކެމްޕެއިނެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ