އެމްޑީޕީ މެންބަރުންގެ އިހުތިޖާޖާއެކު ސޯބެއަށް ލާމަރުކަޒީ އަދި އެންވަޔަރަމަންޓް ކޮމިޓީން ޖާގަ ދީފި
އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އިހުތިޖާޖަށް ފަހު، މަޖިލީހުގެ ދެ ކޮމިޓީއަކުން އެ ޕާޓީއަށް އިތުރު ދެ ޖާގަ ދީފިއެވެ. އެމްޑީޕީއަށް އިތުރު ދެ ޖާގަ ލިބުނު ކޮމިޓީތަކަކީ ލާމަރުކަޒީ ކޮމިޓީ އަދި އެންވަޔަރަމަންޓް ކޮމިޓީންނެވެ. މި ދެ ކޮމިޓީއަށް ވެސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) މިހާރު ވަނީ އައްޔަނުކޮށްފައެވެ. މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މަޖިލީހުގައި އިދިކޮޅު މެންބަރުން ތިބުން އެންމެ މުހިންމު ވާނީ ސަރުކާރު ޖަވާބުދާރީ ކުރެވޭ ކަހަލަ ކޮމިޓީތަކުގައި ކަމަށެވެ. އެހެންނަމަވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮތުމުން ޕީއެންސީގެ ޕީޖީން ބޭނުންވާ ގޮތެއް ހަދަނީ ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު ތަޅުމުގައި ކުރި އިހުތިޖާޖަށްފަހު އެމްޑީޕީ ޕީޖީން ދިން ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް މިދިޔަ މަހުގެ 24 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ ވެރިކަންކުރާ ޕީއެންސީން ދިން ކޮމިޓީއެއްގައި ދިން މިންވަރަކަށް ތިބެންޖެހޭނެ ކަމަށް ބޭއަދަބީކޮށް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވުމާ ގުޅިގެން އިހުތިޖާޖުކޮށްފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ނުވަ މެންބަރަކު އެ ދުވަހު ވަނީ ތަޅުމުން ނެރެފައެވެ. https://sun.mv/223821 އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެ ދުވަހު ވިދާޅުވި ގޮތުގައި ޕީއެންސީން ބޭނުން ވަނީ އެންމެ މަދުން މަސައްކަތްކުރާ ކޮމިޓީތައް ކަމަށްވާ ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ ފަދަ ކޮމިޓީތަކުން އެމްޑީޕީއަށް ޖާގަ ދޭށެވެ. އެހެންނަމަވެސް މައިނޯރިޓީއެއް ގޮތުގައި މަސައްކަތްކުރާއިރު އެ ފުރުސަތު އެމްޑީޕީއަށް ބޭނުންވާނެ ކަމާއި، ކޮމިޓީތަކުން އިތުރަށް ޖާގަ ދީގެން ޕީއެންސީއަށް ވާނެ ގެއްލުމެއް ނޯންނާނެކަން ނާޒިލް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޕިއެންސީގެ ބޮޑު އަޣުލަބިއްޔަތު އޮތް 20 ވަނަ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހަޅާ ގިނަ ގަރާރުތައް ވެސް މިހާތަނަށް ވަނީ ބޭރުކޮށްފައެވެ. އޭގެ ތެރޭގައި އިޖުތިމާއީ ބައެއް މައްސަލަތަކާ ގުޅުން ހުރި ގަރާރުތައް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ