އެމްއެމްއޭއިން ދޭ އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން އެވޯޑު އިސްލާމިކް ބޭންކަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޭ އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން އެވޯޑު މޯލްޑިވްސް އިސްލާމިކް ބޭންކަށް ލިބިއްޖެ އެވެ.
އެމްއެމްއޭއިން ކޮންމެ އަހަރަކު ވެސް ދޭ ފައިނޭންޝަލް ސެކްޓާ އެވޯޑްސްގައި އެވޯޑު ލިބުނީ އިސްލާމިކް ބޭންކުން ދޭ ޑިޖިޓަލް އެކައުންޓް އޯޕެނިން ހިދުމަތަށެވެ. އޮންލައިންކޮށް ބޭންކު އެކައުންޓު ހުޅުވުމުގެ ހިދުމަތް އެމްއައިބީން ތައާރަފު ކުރީ 2023 ވަނަ އަހަރު އެވެ.
ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރި އެ ހިދުމަތް ބޭނުން ކޮށްގެން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ މީހަކަށް ވެސް އެމްއައިބީގައި އެކައުންޓު ހުޅުވުމުގެ ފުރުސަތު އޮވެ އެވެ. އެ ހިދުމަތް ބޭނުންކޮށްގެން އަމިއްލަ އެކައުންޓުގެ އިތުރުން ވިޔަފާރިތަކަށް ވެސް އެކައުންޓު ހުޅުވުމުގެ ފުރުސަތު ލިބެ އެވެ.
އެމްއައިބީން ބުނީ އެ ހިދުމަތް ތައާރަފު ކުރުމާ ހަމައިން، މިއަދާ ހަމައަށް 88،000 އަށްވުރެ ގިނަ ކަސްޓަމަރުން އޮންލައިންކޮށް އެކައުންޓު ހުޅުވައި ބޭނުން ކުރަމުންދާ ކަމަށެވެ. އޭގެތެރެއިން 55 ޕަސެންޓު މީހުންނަކީ އެމްއައިބީގެ ބްރާންޗެއް ނުހުންނަ ރަށްތަކަށް ނިސްބަތްވާ ރަށްރަށުގެ މީހުން ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނީ އޮންލައިންކޮށް ހުޅުވި ބޭންކު އެކައުންޓުތަކުގައި މިއަދާ ހަމައަށް 73.6 ބިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ