އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުހައްމަދު ޝަކީލް އައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ޝަކީލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ޝަކީލް މި މަގާމަށް އައްޔަންކުރައްވާފައިވަނީ، އޭނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރުމުންނެވެ. މަޖިލީހުން ރުހުން ދިނުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
މިއީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ޝަކީލް ފުރުއްވާ ދެވަނަ ދައުރެވެ. އޭނާ ވަނީ މީގެ ކުރިން 3 ޑިސެމްބަރު 2014 އިން 9 މޭ 2018 އަށް އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ. އޭގެ ކުރިން، 2013 އިން 2014 އަށް އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.
އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަކީލް ހުންނެވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ މި މަގާމަށް އައްޔަންކުރައްވާފައިވަނީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ