މެދުތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފި އެވެ.
މި އެލާޓު ނެރެފައިވަނީ މިއަދު 11:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށެވެ.
މި އިންޒާރު ހާއްސަކޮށްފައިވަނީ ބ. އަތޮޅުން ފެށިގެން އއ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ.
މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި، ދަތުރުފަތުރު ކުރާ ފަރާތްތަކުގެ އިތުރުން ކަނޑުމަތީގެ ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުން ސަމާލުވުމަށް ނެރުނު މުހިންމު އެންގުމެކެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ލަފާކުރުންތަކަށް ބަލާއިރު، އެލާޓުގެ ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ މާހިރުން އިންޒާރު ދެއެވެ.
ޔެލޯ އެލާޓަކީ މޫސުމީ ހާލަތުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރައި، ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެތީ އިތުރަށް ސަމާލުވުމަށް ދޭ އިންޒާރެކެވެ.
މެދުރާއްޖެތެރެއަށް ޔެލޯ އެލާޓު ނެރެފި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ