އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މުސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާތައްކޮށްގެން އުޅޭ މައްސަލައިގައި ހިމެނޭ "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދައްކަން ކްރިމިނަލް ކޯޓުން އަމުރުކުރި ހަބަރު ލިޔުމުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމައި 10 ދުވަހަށް ޖަލަށް ލާފައިވާ ލީވާން އަލީ ނާސިރު ވަކި ގޮޅިއަކަށް ލައި އެކަހެރިކޮށްފި އެވެ.
އެ އަމުރާ ހިލާފުވި ކަމަށް ނިންމައި އަދަދުގެ ލީވާން އަދި މުހައްމަދު ޝަހުޒާން ވެސް އޮތީ ޖަލުގަ އެވެ. މިދިޔަ ހުކުރު ދުވަހާ ހަމައަށް ދެ މީހުން ބަންދުކޮށްފައި ތިބީ ޔުނިޓު 12 ގެ އެއް ގޮޅިއެއްގަ އެވެ.
ނަމަވެސް، ހުކުރު ދުވަހު ލީވާން ވަނީ ޔުނިޓު 10 އަށް ބަދަލުކޮށްފަ އެވެ. އެ ތަނަކީ ސާފުތާހިރުކަން ކުޑަ، ތަފާތު ސޫފިތައް އުޅޭ ތަނަކަށް ވުމުން އޭނާގެ ހަމުގެ ބަލި އިތުރަށް ގޯސްވެފައިވާ ކަމަށާއި، ބިންމަތީގައި ނިދަންޖެހުމުގެ ސަބަބުން ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާކަން ވަނީ އެނގިފަ އެވެ.
ލީވާނަކީ ހަމުގެ މައްސަލަތަކެއް ހުންނަ މީހެއް ކަމަށްވާއިރު އޭނާ ބޭނުންކުރަން ޖެހެނީ ހާއްސަ ލޯޝަނެކެވެ. ނަމަވެސް، އެ ފުރުސަތު ވެސް ދީފައެއް ނުވެ އެވެ.
އެ ދެ ނޫސްވެރިންގެ އާއިލާއިން ވެސް އެ މީހުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ގައުމަށް ފޮނުވި ފައިސާއިން އެ ތަކެތި ގަތުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ވަކީލު ވަނީ މައުލޫމާތު ދެއްވާފަ އެވެ. އަދި ހުކުރު ދުވަހު އާއިލާތަކުން ފޮނުވި އަންނައުނު ވެސް ލީވާނާއި ޝަހުޒާނަށް ރައްދުކޮށްދީފައި ނުވާކަން ވަނީ އެނގިފަ އެވެ.
ދެ ނޫސްވެރިންގެ އަޒުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ވަކީލު މި ނޫހަށް މައުލޫމާތު ދެއްވި އެވެ.
ލީވާން ވަކި ގޮޅިއަކަށް ލައި އެކަހެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ