މާލޭ ޑެޕިއުޓީ މޭޔަރުކަމަށް ގެންނަން އެމްޑީޕީން ނިންމީ މީކާއިލް

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު އިންތިހާބުކުރުމަށް މާލެ ސިޓީ ކައުންސިލްގައި ތިބޭ އެމްޑީޕީގެ ކައުުންސިލަރުންގެ މެދުގައި ނެގި ވޯޓަކުން މިއަދު ނިންމައިފި އެވެ.
ވީކިިހިނެއް؟ - މާލޭގެ ޑެޕިއުޓީ މޭޔަރަކު އިންތިހާބުކުރުމަށް ބާއްވާ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ކުރިން އެމްޑީޕީގެ ކައުންސިލަރުންގެ ބައްދަލުވުމެއް ވަނީ އެ ޕާޓީގެ ދަޑިކޮށި ޖަގަހައިގައި ބާއްވައިފަ އެވެ. އެއީ އެ ޕާޓީން ޑެޕިއުޓީ މޭޔަރަކަށް އިންތިހާބުކުރާ ކައުންސިލަރެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމެކެވެ.
ތަފްސީލް - އެމްޑީޕީގެ ކައުންސިލަރުންގެ ތެރެއިން ހަތަރު ކައުންސިލަރަކު މި މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، ޑެޕިއުޓީ މޭޔަރަކަށް ކައުންސިލަރަކު އިންތިހާބުކުރަނީ، އެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައިގެނެވެ.
އެ ވޯޓުގެ ނަތީޖާއަކީ:
ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު (މިކީ) - ހަތް ވޯޓު
ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) - ފަސް ވޯޓު
މާފަންނު މެދު ދާއިރާ އައިޝަތު ހަނާ - ދެ ވޯޓު
މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީ (ރިލޭ) - ދެ ވޯޓު
ފާހަގަކޮށްލެވޭ - ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ވެފައިވަނީ އެންމެ ދެ ބޭފުޅުންނެވެ. އެއީ:
ހުޅުމާލެ މެދު ދާއިރާއަށް އަހްމަދު ސަނީހް
ވިލިމާލެ ދާއިރާ އިބްރާހިމް ސަމާހް
ޕީއެންސީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ވާދަ ކުރައްވަނީ، އެ ދެ ބޭފުޅުންގެ ތެރެއިން ކާކު ކަމެއް އަދި ކަށަވަރެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ