ޖޭއެސްސީން ކުރި އިއުލާނުގައިވާ ގޮތުން، މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ މި ދެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު، ގާނޫނީ ވަކީލުކަން ނުވަތަ ފަނޑިޔާރުކަމުގެ މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ.
މީގެ އިތުރުން، ސުންނީ ޖަމާއަތުގެ މުސްލިމަކު ކަމުގައިވުމާއި، ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވާން ޖެހެއެވެ. އަދި ސިޔާސީ މަގާމެއް ފުރާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމުގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި، ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ ބަދުއަހުލާގީ އަމަލެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ފުރިފައިވުމާއި، ސާބިތު ދަރަންޏެއް އޮތް ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެއެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ މަހަކު 37,700 ރުފިޔާ އެވެ. މީގެ އިތުރުން ލިވިން އެލަވެންސްގެ ގޮތުގައި 18,000 ރުފިޔާ އަދި ރިސްކު އެލަވެންސްގެ ގޮތުގައި 3,300 ރުފިޔާ ލިބޭނެއެވެ.މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނާ އެއްގޮތަށް މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވެންސް ވެސް ހަމަޖެހިގެންދާނެއެވެ.
ސިވިލް ކޯޓަށް ތިން ފަނޑިޔާރުން ހޯދަން އިއުލާނު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ