ވޯލްޑް ކަޕްގެ އައިޓީ މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގެ ހޮސްޕިޓަލިޓީ ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ އޮން ލޮކޭޝަނުގެ އައިޓީ އިސް ރޯލެއް އެމެރިކާގައި ދިރިއުޅޭ ދިވެއްސެއް ކަމަށްވާ މުހައްމަދު ޝަހީނަށް ލިބިއްޖެ އެވެ.ޝަހީން އައްޔަންކޮށްފައިވަނީ 'ލީޑް ވެނިއު ޓެކްނޮލޮޖީ މެނޭޖަރު' ގެ މަގާމަށެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތާރީޚުގައިވެސް ދިވެއްސަކަށް މިފަދަ އިސް މަގާމެއް ލިބުނު ފުރަތަމަ ފަހަރެވެ.ޝާހީން ހިންގާ ނިއުޔޯކްގެ ކުންފުންޏެއް ކަމަށްވާ 'ވީއައިޓީ ސޮލިއުޝަންސް' އަށް މި މަޝްރޫއު ކާމިޔާބުވުމަކީ ޝާހީންގެ އިތުރުން މުޅި ރާއްޖެއަށްވެސް ލިބުނު ބޮޑު ފަހުރެކެވެ. މި އަހަރުގެ ޖެނުއަރީ މަހު ފީފާ ވޯލްޑް ކަޕް އިންތިޒާމްކުރާ ފަރާތުން އައި އީމެއިލްއަކީ ފުރަތަމަ "ސްޕޭމް" މެއިލްއެއް ކަމަށް ހީކުރެވުނު ކަމަށް ދިވެހި އޮންލައިން ނޫހެއްކަމަށްވާ ފިޔެސްގައި ވާހަކަދައްކަމުން އޭނާ ބުނެފައިވެއެވެ.ނަމަވެސް ފަހުން އެއީ ސައްހަ މެއިލްއެއްކަން ޔަގީންވުމާއެކު އެއީ އޭނާގެ ކުންފުންޏަށް ލިބުނު ބައިނަލްއަގްވާމީ ފަޚުރުވެރި ޕްރޮޖެކްޓެއްގެ ފެށުމުގެ ގޮތުގައި ޝާހީން ފާހަގަކުރިއެވެ. އޭނާގެ ޒިންމާއަކަށްވާނީ އެ ކުންފުނީގެ ފަރާތުން ސްޓޭޑިއަމްތަކުގައި އައިޓީގެ އެންމެހާ ކަންކަން ރާވައި، ލީޑުކޮށް، ބެލެހެއްޓުމެވެ. އައިޓީ ދާއިރާގައި ވޭތުވެދިތަ 25 އަހަރު މަސައްކަތްކޮށްފައިވާ ޝަހީން ހާއްސަވެފައިވަނީ ސިސްޓަމް އެޑްމިނިސްޓްރޭޝަނާއި، ނެޓްވޯކްޑް މެނޭޖްމަންޓް އަދި ޓެކްނިކަލް ސަޕޯޓަށެވެ. އޭނާ ވަނީ އެމެރިކާގެ ވަރަށް ގިނަ ކުންފުނިތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ