ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން 2023 ފެބުރުއަރީ 27 ން 2023 މާރިޗު 03 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ބެޑްމިންޓަން ޗެންޕިއަންސް ލީގުގައި ބައިވެރިވުމުގެ ސުންގަޑި މިއަދުގެ 12:00 އަށް ހަމަވިއިރު މި މުބާރާތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 10 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.
މުބާރާތާއި ބެހޭގޮތުން ގާފް އޮންލައިން އަށް މައުލޫމާތް ދެމުން ބެޑްމިންޓަން އެސޯސީއޭޝަންގެ އޮފިޝަލަކު ވިދާޅުވީ މި މުބާރާތަކީ މިދިޔަ އަހަރު އެ އެސޯސިއޭޝަނުން ބޭއްވި އިންޓަރ ސްކޫލް މުބާރާތުގެ ޗެންްޕިއަނުންނައް ބާއްވާ މުބާރާތެއްކަމަށެވެ. ރާއްޖޭގެ ހުރިހާ އަތޮޅެ ހިމެނޭހެން 6 ޒޯނަކަށް ބަހާލައިގެން މި ދިޔައަހަރު އިންޓަރ ސްކޫލް މުބާރާތް ބާއްވާފައި ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައެވެ.
އެމުބާރާތުގައި އަންހެން އަދި ފިރިހެން ހަތަރު ކެޓަގެރީގެ ޗެންޕިއަން ސްކޫލްތަކަށް އިންޓަރ ސްކޫލް ޗެންޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭގޮތައް މުބާރާތް ރޭވިފައިވަނީ، އޮފިޝަލް އެވެ.
ނަމަވެސް އެކި ސަބަބުތަކާއި ހުރެ ހުރިހާ ޗެންޕިއަންސް ސްކޫލްތަކެއް މިފަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ އިސްކަންދަރު ސްކޫލް، ހިތަދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، މޭނާ ސްކޫލް، ރެހެންދި ސްކޫލް، ހދ.އަތޮޅު ތައުލީމީ މަރުކަޒް، މަދަރުސަތުލް އިފްތިތާހު، ސީއެޗްއެސްއީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، އަދި ފޭދޫ ސްކޫލެވެ.
ގްރޭޑް 5،6 ގެ ދަރިވަރުންގެ އުމުރުފުރާ ( ފިރިހެން )
މޭނާ ސްކޫލް، ހިތަދޫ ސްކޫލް އަދި އިސްކަންދަރު ސްކޫލް
ގްރޭޑް 7،8 ގެ ދަރިވަރުންގެ އުމުރުފުރާ ( ފިރިހެން )
މޭނާ ސްކޫލް، ހިތަދޫ ސްކޫލް އަދި އިސްކަންދަރު ސްކޫލް
ގްރޭޑް 9،10 ގެ ދަރިވަރުންގެ އުމުރުފުރާ ( ފިރިހެން )
މޭނާ ސްކޫލް، ރެހެންދި ސްކޫލް، ޝަރަފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތައުލީމީ މަރިކަޒް
ގްރޭޑް 11،12 ގެ ދަރިވަރުންގެ އުމުރުފުރާ ( ފިރިހެން )
ސީއެޗްއެސްސީ
ގްރޭޑް 5،6 ގެ ދަރިވަރުންގެ އުމުރުފުރާ ( އަންހެން )
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ފޭދޫ ސްކޫލް
ގްރޭޑް 7،8 ގެ ދަރިވަރުންގެ އުމުރުފުރާ ( އަންހެން )
މަދަރުސަތުލް އިފްތިތާހް އަދި އަމީނިއްޔާ އިންޓަނޭޝަނަލް ސްކޫލް
ގްރޭޑް 9،10 ގެ ދަރިވަރުންގެ އުމުރުފުރާ ( އަންހެން )
ހިތަދޫ ސްކޫލް އަދި އިސްކަންދަރު ސްކޫލް
ގްރޭޑް 11،12 ގެ ދަރިވަރުންގެ އުމުރުފުރާ ( އަންހެން )
އަމީނިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ސީއެޗްއެސްސީ
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އިންޓަރ ސްކޫލް ބެޑްމިންޓަން ޗެންޕިއަންސް ލީގު ފެބުރުއަރީ 27 ން މާރިޗު 03 އަށް މާލޭގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ