މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި، ވީހާވެސް އަވަހަކަށް މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
އެހެންނަމަވެސް ދިމާވި މައްސަލައިގެ ތަފްސީލެއް އަދި ކަރަންޓު އަލުން އަނބުރާ ދިނުމަށް ހޭދަވާނެ ވަގުތެއް ސްޓެލްކޯ އިން އަދި ހާމައެއް ނުކުރެއެވެ.
މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ