ގިނަ ބިލްތައް މަޑުޖެހިފައި ވަނީ ސަރުކާރާ މަޝްވަރާ ކުރާތީ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ގިނަ ބިލްތަކެއް މަޑުޖެހިފައި ވަނީ މެންބަރުން ސަރުކާރާ މަޝްވަރާ ކުރައްވަމުން ގެންދަވާތީ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވަނީ ކޮމިޓީގައި ގިނަ ބިލްތަކެއް ހުރި މައްސަލަ ފާހަގަ ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ގިނަ ބިލްތައް މަޖިލީހުގައި މަޑުޖެހިފައި ވަނީ ސަރުކާރާ އެކީ ވާހަކަ ދައްކަން ޖެހުމާއި ހިޔާލު އެއްގޮތް ކުރަން މެންބަރުން މަސައްކަތް ކުރައްވާތީ ކަމަށެވެ. އެ މަސައްކަތް އެގޮތަށް ކުރައްވައިގެން ވެސް ވީހާ ވެސް އަވަހަށް ބިލްތައް ނިންމައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި މަސައްކަތްތައް ރޯދައިގެ ކުރިއަށް ރަނގަޅު ވަރެއް ކުރެވިފައި ހުރުމަކީ ރޯދަ މަހަށް ވެސް ފަސޭހަވެގެން ދާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އިގްތިސާދީ ކޮމިޓީ:
1. ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ބިލް
2. ކުންފުނީގެ ބިލް
ޖުޑިޝަރީ ކޮމިޓީ:
1. އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލް
2. ކޯޓުތަކުގެ ގާނޫނަށް އިސްލާހު ކުރުމުގެ ދެ ބިލެއް.
3. ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް
4. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
5. ހެއްކާބެހޭ ގާނޫނަށް އިސްލާހު
6. ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު
އިޖްތިމާއީ ކޮމިޓީ:
1. ޖަނަވާރުންގެ ސިއްހަތާ ބެހޭ ބިލް
2. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް
ލާމަރުކަޒީ ކޮމިޓީ:
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
މާލިއްޔަތު ކޮމިޓީ:
އިންޝޫރަންސް އާ ބެހޭ ބިލް
މާލީ އަދި އެހެނިހެން މަސްލަހަތު ހާމަ ކުރުމުގެ ބިލު
އިތުރުން އެއްވެ އުޅުމުގެ ގާނޫނަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ އިސްލާހު ވެސް މަޑުޖެހިފައިވާ ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އެ މަސައްކަތް ވެސް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމަވައި މަޖިލިހުގެ ތަޅުމަށް ފޮނުވަން އެދޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮމިޓީތަކުގެ މަސައްކަތްތައް ނުހިނގާތީ އިދިކޮޅު ފަރާތްތަކާއި މަޖިލިހުގެ ރިޔާސަތުން މީގެ ކުރިން ވެސް ތަކުރާރުކޮށް އެ މައްސަލަ ފާހަގަ ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ