މަސްގަތުމަށް ހާއްސަ "103" ބޯޓު މާދަމާ ހެނދުނު ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި
މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ
އަދަދުވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި ވާތީ އެކަމާ ގުޅިގެން މިފްކޯގެ
މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ސެންޓަރުތަކުގެ ފްރީޒިންގ އަދި ސްޓޯރޭޖު
ކެޕޭސިޓީ އިތުރުކޮށް، މަސްކިރާ އިތުރު ބޯޓުފަހަރު ހޯދުމުގެ އިތުރުން ރާއްޖޭގެ އެކި
ހިސާބުތަކުގައި އިތުރު މަސްގަންނަ ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް
ކުރަމުން ދެއެވެ.
މިފްކޯގެ މަސްގަންނަ ފުލީޓަށް
އިތުރުކުރުމަށް ޕްލޭންކުރެވިފައިވާ ހަތަރު ބޯޓު ގަތުމުގެ މުއާމަލާތް
ނިންމުމަށްފަހު، ރާއްޖެ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން ދާކަމަށް މިފްކޯއިން މަައުލޫމާތު ދިނެވެ،
Advertisement
އެ ބޯޓްގެ
ތެރެއިން "ޖަޒީރާ 103" މިހާރު ވަނީ ގަތުމަށްފަހު ރާއްޖެ އައުމަށް ތައްޔާރުވެފައެވެ. އަދި މާދަމާ ހެނދުނު އެ ބޯޓު ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
"ޖަޒީރާ 103" އަކީ
ފަސޭހަކަމާއެކު ބޯޓްގެ ދެފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް ދެ ކްރޭން ހަރުކޮށް
ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ
420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ.
މިފްކޯއަށް ގެންނަން ހަމަޖެހިފައިވާ
އަނެއް ތިންބޯޓް މިހާރުވަނީ ގަނެ ރަޖިސްޓްރީކޮށް ނިންމައި ތައިލޭޑް ގައި ޑޮކުކޮށް،
އޮޕަރޭޝަން ފެށުމުގެ ކުރިން މަސްކިރުމުގެ އޮޕަރޭޝަނަށް ފަސޭހަކުރުމަށްޓަކައި
ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައެވެ.
މިބޯޓްތައް ނިމި ރާއްޖެގެނެވުމާއެކު ކޮންމެ ބޯޓަކަށް ދުވާލަކު 60 ޓަނު މަސް
ގަތުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ވަނީ 2021 ވަނަ
އަހަރުވެސް 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ހުރި އަދި ދުވާލަކު 120
ޓަން ފްރީޒްކުރެވޭ ވެސެލްއަކާއި މަސް އެކްސްޕޯޓުކުރުމަށްޓަކައި 2،400 ޓަނުގެ
ކެރިއަރ ވެސެލްއެއް ހޯދާފައެވެ.
މަސްގަތުމަށް ހާއްސަ "103" ބޯޓު މާދަމާ ހެނދުނު ރާއްޖެ އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ