ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވަން ޗެކިންގ ކުރައްވައިގެން ހުންނަވަނިކޮށް، މުއިއްޒު އަންގައިގެން ފްލައިޓް ހިފަހައްޓައިފި

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވަން ޗެކިންގ ކުރައްވައިގެން ހުންނަވަނިކޮށް، މުއިއްޒު އަންގައިގެން ފްލައިޓް ހިފަހައްޓައިފިއެވެ. ފްލައިޓް ލަސްކޮށްފައި ވަނީ މުއިއްޒު އަންގައިގެން، ސިވިލްއޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން އެވެ. އެއީ، ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ގިނަބަޔަކު ފުވައްމުލަކުގައި ތިއްބެވުމާއި ގުޅިގެން، ގަސްތުގައި ކެމްޕެއިނަށް ހުރަސްއަޅައި، އެއްވެފައިވާ މީހުންތައް ފޮނުވުމަށް ރާވައިގެންނެވެ.
ރައީސް ޔާމީން ފުވައްމުލަކަށް ވަޑައި ގަންނަވަނީ އެމަނިކުފާނުގެ ޕީޓީއިން މަޖިލީހަށް ކުރިމަލިއްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
މުއިއްޒު ވަނީ ރައީސް ޔާމީނުގެ ޕާޓި އުފެއްދުމަށް ހުރަސް އަޅައި، ފުލުހުންގެ ވެރިއާއަށް ނާްންގައި، ސީދާ ރައީސް އޮފީހުގެ ތެރެއިން އޯޑަރު ދީގެން އެސްއޯ ފުލުހުން ފޮނުވައިގެން ގިޔާޒުއްދީނު ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ ހުއްޓުވާފައެވެ. އެންމެ ފަހުން ޖަލްސާ ބޭއްވީ ޕަބްލިކް ތަނެއްގައެެވެ.
މުއިއްޒު ވަނީ ރައީސް ޔާމީން މިނިވަން ކުރުމާއި ދެކޮޅަށް ކޯޓަށް ވަރަށް ބޮޑަށް އަތްބާނައި ނުފޫޒު ފޮނުވާފައެވެ. މުއިއްޒު ވެރިކަމަށް އައީ ރައީސް ޔާމީނުގެ ފޮޓޯ ދައްކައިގެން އެތައް އޮޅުވާލުންތަކެއް އޮޅުވާލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ