ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މާމުނަގައު ބަލިކޮށް ރާޔާ އިން މުބާރާތް ނިންމާލީ މޮޅަކާއެކުގައެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާޔާ ކުޅުނު ފުރަތަަމަ މެޗުގައި ޖޯލި ބީއިންގ އަތުން ސީދާ ތިން ސެޓުން ބަލިވި، ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ސީދާ ތިން ސެޓުން ދިގަލި މޯލްޑިވްސް ބަލިކޮށްފައެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި އާރަށް އަތުން 3-2 ގެ ނަތީޖާއަކުންނެވެ. އަދި ގުރޫޕް ސްޓޭޖުގައި މާމުނަގައު ކުޅުނު ފުރަތަމަ ތިންމެޗުގައި ދިގަލި މޯލްޑިވްސް، އާރަށް އަދި ޖޯލި ބީއިންގ އަތުން ވެސް އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް 23-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާމުނަގައު އިންނެވެ. ނަމަވެސް ޖެހިގެންއައި ތިން ސެޓް 19-25، 12-25 އަދި 24-26 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރާޔާ އިންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާޔާގެ ޗަނަކަ ޕްރަދީޕް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ރާޔާއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ. އަދި މިމެޗުން ބަލިވި މާމުނަގައު އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
15 އޮގަސްޓް 2025 އިން 29 އޮގަސްޓް 2025 ގެ ނިޔަލަށް، ރ.މީދޫގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ގުރޫޕް އޭގައި ޖޯލި މޯލްޑިވްސް، ކޯރާ ކޯރާ މޯލްޑިވްސް، މީދުއްޕަރު، ރީތިފަރު ރިސޯޓްގެ އިތުރުން ކުޑަފުށި ހިމެނޭއިރު، ގުރޫޕް ބީގައި ހިމެނެނީ ރާޔާ، ޖޯލި ބީއިންގ، ހެރިޓެންސް އާރަށް، މާމުނަގައު އަދި ދިގަލި މޯލްޑިވްސް އެވެ
މާމުނަގައު ބަލިކޮށް ރާޔާ އިން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ