މެލޭޝިއާގައި މަތީ ތައުލީމް ހާސިލްކުރަމުންދާ ބޭރުގެ ހުރިހާ ދަރިވަރުން އަތުން ހަ ޕަސަންޓުގެ ޓެކްސްއެއް ނަގަން އެ ގައުމުން ނިންމާފައިވާތީ، މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން އިތުރު ފައިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ސްކޮލާޝިޕްތަކުގެ ދަށުން މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެ ދަރިވަރަކު ކިޔަވާ ޔުނިވާސިޓީ ނުވަތަ އިންސްޓިޓިއުޓްގެ ފަރާތުން މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި އެ ފައިސާ ހިމެނުމުން މިނިސްޓްރީން އެ ފައިސާ ދައްކާނެ ކަމަށެވެ.
މެލޭޝިއާ ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ހަޔާ އެޑިއުކޭޝަނުން ދޫކުރާ މަތީ ތައުލީމާއި ތަމްރީނުގެ ލޯނުގެ ދަށުން މެލޭޝިއާގައި މިހާރު ކިޔަވާ ދަރިވަރުންގެ ކޯސް ފީއަށް ޓެކްސް ފީގެ ގޮތުގައި އިތުރުވާ ފައިސާ، ދަރިވަރުންގެ އެދުމުގެ މަތިން އެ ދަރިވަރުންގެ ލޯނުތެރެއަށް އިތުރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މިގޮތުން ހަޔާ އެޑިއުކޭޝަންގެ ލިންކް މެދުވެރިކޮށް ފޯމު ފުރުމަށްފަހު ހުށަހެޅުމުން ޓެކްސް ފައިސާ ލޯނެއްގެ ގޮތުގައި ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަނީ މެލޭޝިއާގަ އެވެ.
ޖުލައި މަހުން ފެށިގެން މެލޭޝިއާއިން ހަ ޕަސަންޓުގެ ޓެކްސްއެއް ނަގަން ނިންމާފައި ވަނީ އެ ގައުމުގައި ޕްރައިވެޓް ޕްރީ ސްކޫލްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން ލެންގުއޭޖް ސެންޓަރުތަކުގައި ކިޔަވާ ބޭރުގެ ދަރިވަރުން އަތުންނެވެ.
މެލޭޝިއާގައި އަމަލުކުރާ ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ) ގަވާއިދަށް ބަދަލު ގެނެސް، އެ ޓެކްސް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖެއްސީ ބޭރު ދަރިވަރުން އަތުން އަހަރެއްގެ މައްޗަށް 60،000 މެލޭޝިއާ ރިންގިޓު ދައްކާ ދަރިވަރުންނެވެ.
މެލޭޝިއިން ނަގާ ހަ ޕަސެންޓު ޓެކްސް ފައިސާއަށް އެދި ހުށަހަޅަން ދަރިވަރުންނަށް ހުޅުވާލައިފި މެލޭޝިއިން ނަގާ ހަ ޕަސެންޓު ޓެކްސް ފައިސާއަށް އެދި ހުށަހަޅަން ދަރިވަރުންނަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ