ގޯތީގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރުމުން: މުއްތޮލިބު

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ކުރީގެ އެއްބަސްވުމުގައި ހުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގުޅިފަޅުން ދޫކުރާ ގޯތިތަކަށް ހަދާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ކަންބޮޑުވާ ގޮތަށް ކަމަށް ވާހަކަ ދެކެވޭތީ، އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ 'ބިންވެރިޔާ' ސްކީމުން ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނައީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހޭނީ ގާނޫނާ ފުށު ނާރާ ގޮތަށް ކަމަށް ވާތީ ކަމަށެވެ.
ތަފްސީލް - ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން:
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް
ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ
އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ
ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް
އެނގުން މުހިއްމު - ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ލިބުނު ލޮކޭޝަން ވަނީ ބަދަލުވެފަ އެވެ.
މި ބަދަލާ ގުޅިގެން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ވަނީ ގުރު ނަގާފައި
ހައުސިން މިނިސްޓްރީން ބުނީ މި ބަދަލާ އެކު ގޯތި ލިބޭ މީހުންނަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބާތިލްވެފައިވާ ކަމަށެވެ. އަދި ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން އުވިފައިވާތީ، އާ ރަޖިސްޓްރީ އާއި އެއްބަސްވުން އެޕޮއިންޓުމެންޓު އުސޫލުން މިއަދުން ފެށިގެން ދޫކުރަމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ