އަތޮޅުތަކުގެ 55 ކައުންސިލް އިމާރާތް އެޅުމަށްޓަކައި މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާއެކު ގާއިމްކޮށްފައިވާ އެއްބަސްވުން ބާތިލްކުރަންޖެހުނީ، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން ކަމަށް ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވީ 55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާކަމަށެވެ. އެއްބަސްވުން ބާތިލްކުރަންޖެހުނީ ކައުންސިލްތަކުން ގެންނަން ބުނި ބަދަލުތައް އެކުންފުނިން އެއްބަސްނުވުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހެކްސްޓާއާއެކު ވެވުނު އެއްބަސްވުން ބާތިލްކުރަން ޖެހުނު ނަމަވެސް އެކުންފުންޏަށް ދައުލަތުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނޭކަމަށެވެ. މިނިސްޓަރު އެކްސްގައި އިތުރަށް ވިދާޅުވީ، 55 ކައުންސިލް އިމާރާތް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރަމުންދާކަމަށެވެ. މިގޮތުން އެ މަސައްކަތް ދިވެހި ކުންފުންޏަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން މެލޭޝިއާގެ އެ ކުންފުންޏާ 55 ކައުންސިލް އިދާރާގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކުރީ ޖެނުއަރީމަހުގެ ތެރޭގައެވެ. މެލޭޝިއާގެ ކުންފުންޏާއެކު ކައުންސިލް އިދާރާތައް އެޅުމުގެ އެއްބަސްވުން އުވާލިއިރު، ސަރުކާރުން ވަނީ ޗައިނާ އާއެކު 50 ކައުންސިލް އިދާރާ އެޅުމަށްޓަކައި ލެޓާއޮފްއެކްސްޗޭންޖުގައި މިއަހަރުގެ މެއިމަހު ސޮއިކޮށްފައެވެ.
ކައުންސިލްތައް އެޅުމުގެ އެއްބަސްވުން ބާތިލްކުރީ، ހުށަހެޅި ބަދަލުތައް ބަލައިނުގަތުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ