އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފަށަނީ

އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަކީ ރައީސްގެ ވައުދުކެވެ. އެ ވައުދާ އެއްގޮތަށް ރ. އަތޮޅުގައި މިއަދު ފެރީގެ ހިދުމަތް ފަށާފައިވާތީ އެކަމަށް އެ މަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ބުނީ ކީކޭ؟ - ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި:
އަންނަ މަހު ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަން ވެސް ކުރައްވާނެ
އެ ކަމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދޭ
މި އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފެރީގެ ހިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ؛ އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އެބަދޭ
އެނގުން މުހިއްމު - ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.
މިހާރު ތިން ޒޯނެއްގައި މި ހިދުމަތް ދޭ؛ އެއީ ހއ.، ހދ.، ށ.، ނ. އަދި ރ. އަތޮޅު ހިމެނޭ ޒޯނުގެ އިތުރުން ޅ. އަތޮޅު އަދި އެންމެ ދެކުނުން ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫގައި 
ރ. އަތޮޅުގައި އާރުޓީއެލް ފެށުމުން މި ހިދުމަތް ދޭ އަތޮޅުތަކުގެ އަދަދު ވަނީ 10އަށް އަރާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ