ދެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 20 ކޯޓާ އާ ހަމައަށް ކޯޓާ ފީ ދައްކަން ނުޖެހޭނެ ފައިހް އާއި ސިރުހާންގެ މައްޗަށް މަރުގެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި ދޮގު މައުލޫމާތު ފެތުރޭ ދަނޑިވަޅުގައި ސައިންސަށް ބިނާވެ ގޮތް ނިންމުން މުހ

ގޭހުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
މި ޝިޕްމަންޓް ލިބޭނެ ކަމުގައި ވާހަކަ އިއްޔެ ބޭއްވި ނުސްވެރިްގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ވެސް ވިދާޅުވެފައިވާއިރު އެސްޓިއޯ އިން ބުނީ، ގޭހުގެ އާ ޝިޕްމަންޓް ގެނެސްފައި ވަނީ އިއްޔެ ކަމަށެވެ.
އިތުރަށް އެސްޓީއޯ އިން ބުނީ، އެ ކުންފުނިން ދަނީ ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ހިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ކަމަށެވެ. އަދި މިކަމުގައި ހާއްސަ އިސްކަމެއްދީގެން މިކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ކަމަށްވެސް އެސްޓިއޯ އިން ވަނީ ބުނެފައެވެ.
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ތެލާއި، ކައްކާ ޖޭހުގެ އިތުރުން އަސާސީ ކާބޯތަކެތި ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ