އައްޑޫ ސިޓީގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 41 އަހަރުގެ ފިރިހެންމީހާ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލެ ފޮނުވާލާފައެވެ. މި މީހާއަކީ އެކްސިޑެންޓްވި ވަގުތު ކާރު ދުއްވަން އިން މީހާއެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި، އެމީހާގެ ހާލު ސީރިއަސްވުމުގެ ސަބަބުން މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
މި ހާދިސާ ހިނގާފައި ވަނީ އައްޑޫ ސިޓީ އަބޫހެރަ ހިއްކާފައިވާ ސަރަޙައްދުގައެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މި ކާރު ކޮންޓްރޯލުން ނެއްޓި ފުރޮޅާލި މި ހާދިސާގައި ޖުމުލަ 5 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. މީގެ ތެރެއިން 3 މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އެކަކަށް އަދިވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 16:50 ހާއިރެވެ.
އައްޑޫ އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ