ޑިއޭގޯ ގާސިއާއަށް ހަމަލާނުދޭ ކަމަށް އިރާނުން ބުނެފި ޑިއޭގޯ ގާސިއާއަށް ހަމަލާނުދޭ ކަމަށް އިރާނުން ބުނެފި

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާތަކުގެ ތެރެއިން ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް މިސައިލް ހަމަލާނުދޭ ކަމަށް އިރާނުން ބުނެފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާނުން ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ދެ ހަމަލާއެއް ފޮނުވި އެވެ. އެއް މިސައިލް ދަތުރުކުރަނިކޮށް މައްސަލައެއް ޖެހި ވެއްޓުނުއިރު ދެވަނަ މިސައިލް ވައްޓާލީ އެމެރިކާގެ މަނަވަރަކުން ފޮނުވި އިންޓަސެޕްޓާ މިސައިލަކުންނެވެ.
ނަމަވެސް، އެ ގައުމުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވަނި މިފަދަ ހަމަލާއެއް ނުދޭ ކަމަށް އަލްޖަޒީރާއަށް ކަށަވަރުކޮށްދީފަ އެވެ.
އެ މައްސަލާގައި މިހާތަނަށް އެމެރިކާއިން ބަހެއް ބުނެފައެއް ނުވެ އެވެ. އެހެން ނަމަވެސް، އިނގިރޭސިވިލާތުން ވަނީ މި ހަމަލާތައް ކުށްވެރިކޮށްފަ އެވެ.
މީގެކުރިން ބެލެވުނު ގޮތުގައި އިރާނުގެ މިސައިލްތައް ދަތުރުކުރަނީ 2،000 ކިލޯމީޓަރު ދުރަށެވެ. ނަމަވެސް، ޑިއޭގޯ ގާސިއާ އޮންނަނީ އިރާނާ 4،000 ކިލޯމީޓަރު ދުރުގަ އެވެ.
ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒަކީ އައްޑޫ އަތޮޅުގެ ދެކުނުން 700 ކިލޯމީޓަރު ދުރުގައި ގާއިމުކޮށްފައިވާ މަރުކަޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ