ވޯޓާސް ލިސްޓުގައި ސޮއިކުރީ 230 ކެންޑިޑޭޓުން

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމަށް ދިން މުއްދަތު ހަމަވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ މެންދުރު 13:00 އާ ހަމައަށް ހަމަވި މި މުއްދަތުގެ ތެރޭގައި ޖުމްލަ 230 މީހުން ވަނީ ވޯޓާސް ލިސްޓުގައި ސޮއިކޮށްފައެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒާ އިންވެގެން ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިންތިޚާބުގެ މަސައްކަތްތަކަށް ބައެއް ބުރޫތައް އެރިއެވެ.
އެހެންނަމަވެސް، ކޮމިޝަނުން ވަނީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބޭރުކޮށް، އިންތިޚާބީ މަރުކަޒު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ