ސްރީ ލަންކާގައި ތެލުގެ އަގު މިއަދު %25 ބޮޑުކޮށްފި އެވެ. މިއީ ދެ ހަފުތާގެ ތެރޭގައި ލަންކާގައި ތެލުގެ އަގުބޮޑު ކުރި ދެ ވަނަ ފަހަރެވެ.
އާދައިގެ ޕެޓްރޯލް ލީޓަރެއް 317 ރުޕީސް އިން 398 ރުޕީސް ނޫނީ 1.30 ޑޮލަރަށް ބޮޑުކޮށްފައިވާ އިރު، އާންމު ދަތުރުފަތުރަށް ބޭނުންކުރާ ޑީސަލް ލީޓަރެއްގެ އަގުން 79 ރުޕީސް އިތުރުވެ، ލިޓަރެއްގެ އަގު ވަނީ 382 ރުޕީސް އަށް އަރައިފަ އެވެ.
މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ތެލުގެ އަގު %8 ބޮޑުކުރަން އަމުރުކޮށްފަ އެވެ. އަދި ކޮންމެ މީހަކަށް ވަކި ވަރަކަށް ލިމިޓްކޮށްގެން ތެޔޮ ވިއްކަން ފަށައިފަ އެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އެންމެ ފަހުގެ އަގުބޮޑުވުމާ އެކު ތެޔޮ ބޭނުންކުރާ މިންވަރު %15-20އާ ދެމެދުގެ މިންވަރަކަށް ދަށްވެގެންދާނެ ކަމަށް،" ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އާންމު ހާލަތްތަކުގައި ދުނިޔޭގެ ތެލުގެ %20 ތެޔޮ އެކްސްޕޯޓް ކުރާ ކަނޑުއޮޅިއަކީ ހޮރްމޫޒް ކަނޑުއޮޅި އެވެ. އެ ކަނޑުއޮޅި އީރާނުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.
މިއީ ހަނގުރާމަ ދިގުދެމިގެންދާތާ މިއީ ހަތަރު ވަނަ ހަފުތާ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ފެށުނު އިރު ވިދާޅުވީ ހަނގުރާމަ ހަތަރު ފަސް ހަފުތާއަށް ދެމިގެންދާނެ ކަމަށެވެ. ނަމަވެސް އަދި ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އޭގެ ބަދަލުގައި އެމެރިކާއިން ދަނީ މެދުއިރުމައްޗަށް އެ މީހުންގެ މަނަވަރުތައް އިތުރަށް ފޮނުވަމުންނެވެ.
ލަންކާއަކީ އެ ގައުމަށް ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓް ކުރާ ގައުމެކެވެ.
ހަނގުރާމައާ ގުޅިގެން ލަންކާގައި ތެލުގެ އަގު %25 ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ