ގާޒާ ހަނގުރާމައަށް ފަހު، ގާޒާ އާރާސްތު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވުމަށް، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ، އަދި ސަލާމަތީ ބާރުތަކުގެ ލީޑާޝިޕަށް އެމެރިކާގެ އޮފިސަރެއް، އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އައްޔަން ކުރައްވައިފި އެވެ.
އިޒުރޭލުން ދެ އަހަރަށް ވުރެ ގިނަ ދުވަހު ގާޒާއަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު، ވީރާނާވެފައިވާ ގާޒާގެ ސަރަހައްދުގައި އިގުތިސާދީ ތަރައްގީ ގެނައުމުގެ ތަސައްވުރު ގާއިމު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ކޮންޓްރޯލް އޮންނަ ބޯޑެއް އެކުލަވާލައްވައިފަ އެވެ.
އެ ބޯޑުގައި ތިއްބަވާ އެ ނޫން މެމްބަރުންނަކީ އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ސީއީއޯ މާކް ރޯވަން، ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ އަދި އެމެރިކާގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް ގެބްރިއެލް އެވެ.
ވައިޓް ހައުސް އިން ބުނި ގޮތުގައި އެ ބޯޑުގެ މެމްބަރުން ބަލަހައްޓާނީ، ގާޒާގެ ހަމަޖެހުމާއި ދިގު މުއްދަތުގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގެ ހައްސާސީ މައްސަލަތަކެވެ. އޭގެ ތެރޭގައި ހިންގުމުގެ ގާބިލުކަން އިތުރު ކުރުމާއި ސަރަހައްދީ ގުޅުންތައް ރަނގަޅު ކުރުމާއި ގާޒާ އަލުން އާރާސްތު ކުރުމާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތައް ފަދަ ކަންކަން ހިމެނެ އެވެ.
ބަލްގޭރިއާގެ ޑިޕްލޮމެޓް އަދި އދ.ގެ ކުރީގެ އިސް އޮފިޝަލް، ނިކޮލޭ މްލަޑެނޯވް އަކީ ގާޒާއަށް ކަނޑައަޅާފައި ހުންނަވާ އެންމެ މަތީ ރެޕްރެޒެންޓޭޓިވްގެ މަގާމު ފުރުއްވާނެ ބޭފުޅާ އެވެ.
ގަވަނިން ބޯޑަށް ސަޕޯޓް ދިނުމަށް ކަނޑައެޅި އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ ނަންތައް ވެސް އެ އިއުލާނުގައި ހިމަނާފައިވެ އެވެ. އެއީ ތުރުކީގެ ހާރިޖީ ވަޒީރު ހަކާން ފިދާން އާއި ގަތަރުގެ ޑިޕްލޮމޭޓް އަލީ އަލް ތަވާދީ އާއި ބްލެއާ އާއި ކުޝްނާ އަދި ވިޓްކޯފް އެވެ.
ގާޒާގެ ސުލްހައިގެ ބޯޑަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ