އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 16.68 ބިލިއަން ރުފިޔާ ލިބުނެވެ.
ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ އެސްޓީއޯ ގްރޫޕަށް ވަނީ 1.18 ބިލިއަން ރުފިޔާ ލިބިފަ އެވެ. ފައިނޭންސް ކުރުމުގެ ހަރަދު 16 ޕަސެންޓުން ދަށްވުމާއިއެކު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 962 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލާއިރު ހަތަރު ޕަސެންޓުގެ ކުރިއެރުމެކެވެ.
ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް 785 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލާއިރު ދެ ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 9:00 ގައި ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސް، ފޭދޫ ހޯލްގައި އަދި މައިކްރޮސޮފްޓް ޓީމް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.
މި ޖަލްސާގައި ބައިވެރިވެވޭނީ އެޕްރީލް 27 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށެވެ.
އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ