27 ވިލޭރޭގެ ބޮޑުވައްކަމުގެ މައުލޫމާތު އެންމެފަހުން މީޑިއާއަށްދީފި!

ހުސްވި ރޯދަމަހުގެ 27 ވިލޭރޭ މާފަންނު ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގެ މައުލޫމާތު މިހާތަނަށް މީޑިއާއަށް ފުލުހުން ދީފައެއް ނުވެއެވެ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގެ މައުލޫމާތު މި ނޫހަށްލިބުމުން އެކަމުގެ އަދާހަމަ ހޯދުމަށް ޕޮލިސް މީޑިއާ ވަޓްސަޕް ގްރޫޕުގައި ހީރަސް ނިއުސްއިން އިއްޔެ ކުރި ސުވާލްތަކަށް މިރޭ 18.36 ގައި ޕޮލިހުން އެންމެފަހުން ޖަވާބު ދީފިއެވެ، 
ހީރަސް ނިއުސްއިން ކުރި ސުވާލުތަކާ ހަވާލާ ނުދީ މީޑިއާ ގްރޫޕްގައި ކުރި ޕޯސްޓެއްގައި ހަތަރު މީހެއްގެ ފޮޓޯ އާއްމުކުރުމަށްފަހު ލިޔެފައިވަނީ  2026 މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުން ދާކަމަށެވެ.
ނަލަހިޔާ ރެސިޑެންސުން ކުރި މި ވައްކަމުގައި ޖުމުލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައި ވާކަމަށާއި އެ ފައިސާގެ ތެރެއިން 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ހޯދިފައިވާކަމަށް ބުނެފައިވެއެވެ.
ފުލުހުން ބަޔާންކުރި ގޮތުގައި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާކަމަށްވެސް ބުނެފައިވެއެވެ.
ވައްކަމުގެ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ. މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ކުރައްވަމުން ގެންދާ ކަމަށް މީޑިއާ ގްރޫޕްގައި ރިޕޯޓް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ