ބޮޑު މަގުބޫލުކަމެއް ހޯދި 'ހަސީން ދިލްރުބާ 3' ބެލުންތެރިން ހައިރާންކޮށްލާނެ

ފިލްމު ޕްރޮޑިއުސަރު އަދި ލިޔުންތެރިޔާ ކަނީކާ ދިލޮންގެ ސްކްރީންޕްލޭއަކަށް ތައްޔާރު ކުރަމުން އަންނަ "ހަސީން ދިލްރުބާ"ގެ ތިން ވަނަ ބައި ކުރިއަށްވުރެ މާ ޝައުގުވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ފިލްމުގެ ތިން ވަނަ ބައިގެ ޝޫޓިންގްތައް މިހާރު ފެށިފައިވާއިރު މިއީ ނެޓްފްލިކްސްއިން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފްރެންޗައިސްއަށް ވުމުން ރާނީ އާއި ރިޝޫގެ ކެރެކްޓާ ދެން ގެނެސްދޭނީ އިހުނަށްވުރެ އެތައް ގުނަ ޝައުގުވެރިކޮށް ކަމަށް މިޑްޑޭގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ފިލްމު "ހަސީން ދިލްރުބާ" މަތިން ހަނދާންވާ މީހުންނަށް ބުނެލަން އޮތީ ފިލްމުގައި ރާނީ ދެން ފެންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށާއި ވަރަށް އަވަހަށް މި ފިލްމުގެ ތިން ވަނަ ބައި ބެލުންތެރިންނަށް ގެނެސްދެވޭނެ ކަމަށް އުއްމީދުކުރާ ކަމުގައި ކަނީކާ ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ. ހަމައެއާއެކު މި ފިލްމުގެ ތިން ވަނަ ބައިން ބެލުންތެރިން ބޭނުންވަނީ ކޮންކަހަލަ ޓުވިސްޓުތަކެއްތޯ ބެލުންތެރިން ކުރެ ކަނީކާ ވަނީ އަހާފައެވެ. "ޕިރް އާއީ ހަސީން ދިލްރުބާ"ގެ ފިލްމީ ތަރިން ކަމަށްވާ ވިކްރާންތު، ތާޕްސީ އަދި ސަނީ ކޯޝަލް--ފޮޓޯ/އިންޑިއާޓީވީ ރޮމޭންޓިކް ތުރިލާ "ހަސީން ދިލްރުބާ" އެންމެ ފުރަތަމަ ބެލުންތެރިންނަށް ގެނެސްދީފައި ވަނީ 2021 ވަނަ އަހަރުއެވެ. ވިނިލް މެތިއު ޑައިރެކްޓްކުރި މި ފިލްމުގެ ފުރަތަމަ ބައިން ތާޕްސީ އާއި ވިކްރާންތު މަސޭއާ އެކު ދެން ފެނުނީ އެކްޓަރު ހަރްޝްވަރުދަން ރާނޭއެވެ. އެ އަހަރު ނެޓްފްލިކްސްގެ ޓޮޕް 10 އެއްގައި "ހަސީން ދިލްރުބާ" ހިމެނުނުއިރު އެ އަހަރު އެންމެ ގިނަ ބަޔަކު ނެޓްފްލިކްސްއިން ބެލި ހިންދީ ފިލްމަށް މި ފިލްމު ވަނީ ވެފައެވެ. މި ފިލްމުގެ ސީކުއަލް "ޕިރު އާއީ ހަސީން ދިލްރުބާ" ނެޓްފްލިކްސްއިން ޕްރީމިއާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ