ރޯދަ ހަދިޔާގެ ގޮތުގައި މި ސަރުކާރުން ބަހާ މަސް ދަޅު ބެހުން ރޭގަނޑު އެކަނި ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދޭ މަސް ދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށް ގެންދާ ލޯކަލް ސިޓީޒް މިނިސްޓްރީގެ މިނިސްޓަރު އާދަމް ޝަރީފް މިއަދު އެކްސްގައި ހާމަކުރެއްވި ގޮތުގައި:
ރޯދަ ހަދިޔާ ބެހުން ކުރިއަށް ގެންދާނީ މިރޭ 8.00 އިން މެންދަރު 12.00 އަށް
ތަފްސީލް - އާދަމް ޝަރީފް ވިދާޅުވީ އެގޮތަށް ހަމަޖެއްސީ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް ކަމަށް ވުމުން ދުވާލު އެ މަސައްކަތް ކުރާ ނަމަ އާންމުންނަށް އުނދަގުލާ ކުރިމަތިވާނެތީ ކަމަށެވެ.
މަސް ދަޅު ބެހުން މާލޭގައި ކުރިއަށް ގެންދާ ސަރަހައްދުތަކަކީ:
މިފްކޯ ކޮމްޕްލެކްސް (މާފަންނު)
އެމް.ޓީ.ސީ.ސީ ސޯމިލް
ހެންވޭރު ދަނޑު
ގަލޮޅު ދަނޑު
ހުޅުމާލޭގައި އެކަން ކުރިއަށް ގެންދާ ސަރަހައްދުތަކަކީ:
އުމަރު ޒާހިރު ބިލްޑިންގް
ޕޮލްކޯ ޓަވރު (ސީ ބްލޮކް)
ހިޔާ ޓަވަރު 10
ކާމިލްދީދި ޕްރީސްކޫލް
ވިލިމާލޭގައި މަސް ދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށް ގެންދަނީ ވެމްކޯ ސައިޓުގަ އެވެ.
"މާލޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން މަސައްކަތް ކުރިއަށް ގެންދާނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެނގުން މުހިންމު - މަސް ދަޅު ކޭސް ބެހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށުމާ އެކު ދިގު ކިޔުއެއް ހެދި އެވެ. އެކަމާ ގުޅިގެން މަސް ދަޅު ކޭސް ބަހާ ސަރަހައްދުތައް ވަނީ އިތުރުކޮށްފަ އެވެ.
މަސް ދަޅު ކޭސް ރޭގަނޑު އެކަނި ބަހާ ގޮތަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ