މި ސަރުކާރުން ނަރުހުންގެ އަޑުއަހައި އިޖާބަ ވެސް ދޭނަން: ރައީސް

ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް މިފަދައިން ވިދާޅުވެފައިވަނީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހާއްސަ ހިތޯބުގަ އެވެ.އެ ހިތޯބުގައި އެމަނިކުފާނު ވަނީ "ނަރުސް" މި ނަމަކީ، އޯގާތެރިކަމާއި އަޅައިލުމުގެ އިތުން ހިތްވަރާއި މުރާލިކަމާއި ހިނިތުންވުން ފަދަ މުހިންމު އަދި ރީތި އެތައް ސިފައެއް އެކުވެފައިވާ ޤަދަރުވެރި ނަމެއްކަމަށް ވިދާޅުވެފައެވެ.ރައީސް ނަރުހުން ސިފަކުރައްވާފައި ވަނީ ޞިއްހީ ހިދުމަތުގެ ހިތާއި ވިންދުގެ އިތުރުން މައިބަދައިގެ ގޮތުގައެވެ. އެމަނިކުފާނު ވަނީ ޙަޤީޤީތުގައި ނަރުހުންނަކީ ބަލިތަކާއި އުނދަގޫތަކާ ކުރިމަތިލާން ރުކުރުވައިލެވިފައިވާ އެންމެ ބިޔަ އިންސާނީ ލަޝްކަރު ކަމަށް ވިދާޅުވެފަ އެވެ.އެމަނިކުފާނު ވިދާޅުވީ ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. ނަރުހުންގެ ހިދުމަތަކީ ދެވޭ މުސާރައަކަށްވުރެ އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮ ދުއާ އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ.ރައީސް މުއިއްޒު ވަނީ ނަރުހުންގެ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައިވެސް ތަހުނިޔާ ވިދާޅުވެ ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ.އެމަނިކުފާނުގެ ޕޯސްޓުގައި ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމައަށް ހިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން ކަމަށް ފާހަގަކުރައްވާފައިވެ އެވެ. އަދި ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއިއެކު ނަރުހުން ކުރަމުންދަނީ މުޅި ގައުމު ފަޚުރުވެރިވާ މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ