ޖެނީފާ އެނިސްޓަންގެ ހިތުގައި ރަސްކަން ކުރަނީ ރާއްޖެ

ރާއްޖޭގެ ރީތިކަމުގައި އަރާމުކޮށް ނުލާ ތަރިއަކު މަދެވެ. ކުޅިވަރު ކުޅުންތެރިންނާއި ފިލްމް ކުޅޭ މީހުން ފެށިގެން ގޮސް ދުނިޔޭގެ މަގުބޫލު އެތައް ސަހުސިއްޔަތުންނެއްގެ މަގުބޫލު މަންޒިލަކީ ރާއްޖެ އެވެ.
"ފްރެންޑްސް" ސީރީޒް އިން މަޝްހޫރުކަން ހޯދި އެމެރިކާގެ އެކްޓްރެސް ޖެނީފާ އެނިސްޓަން ޓްރެވަލް ޕްލަސް ލެޝާ މަޖައްލާއަށް މިފަހުން ދިން އިންޓަވިއުގައި ބުނެފައި ވަނީ ވަރަށް ދާން ބޭނުވި ނަމަވެސް، އަދި ނުދެވި އޮތީ ރާއްޖެ އާއި ޖަޕާނަށް ކަމަށެވެ. 
"މި ހުރީ ރާއްޖެ އަދި ޖަޕާނަށް ވަރަށް ޒިޔާރަތްކޮށްލާ ހިތުން ކެތްމަދުވެފައި،" އެނިސްޓަން ބުނެފައިވެ އެވެ.
އެހެން ނަމަވެސް އޭނާއަށް ރާއްޖެއަށް އައުމަށް އޮތް ހުރަހަކީ ފްލައިޓަށް އަރަން ގަންނަ ބިރެވެ. އެހެން ނަމަވެސް އެނިސްޓަން ބުނީ އެކަން ރަނގަޅުކުރަން މިދިޔަ ދުވަސްތަކުގައި މަސައްކަތްކޮށް ކޮންމެވެސް ވަރަކަށް އެ ބިރު މިހާރު ފިލާފައިވާ ކަމަށެވެ. މެޑިޓޭޝަން އަދި ނޭވާލުމަށް ފަސޭހަވާނޭ ފަދަ ކަސްރަތުތައް ކުރަން ފެށުމުން އެކަމަށް ލުއި ލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި ދަތުރުމަތީގައި ހިނގާލުމާއި ސްޓްރެޖިން ފަދަ ކަންކަމުން ވެސް ބިރު ފިލާ ކަމަށް އޭނާ ބުންޏެވެ. 
"ފްލައިޓުގައި ދަތުރުކުރަން ބިރުގަތުން އެންމެ ބޮޑު ހުރަހަކީ ދުރަށް ދަތުރުކުރުމުގައި،"  އެނިސްޓަން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ